ރިޔާސީ އިންތިޚާބުގެ ކުރިން ޞާލިހު އެމެރިކާއަށް ވަޑައިގަންނަވަނީ

ޔަމަނުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރިއާސީ އިންތިހާބަށް އެންމެ އެކަށީގެންވާ މާހައުލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ވަރަށް އަވަހަށް އެމެރިކާ އަށް ފުރާވަޑައިގަންނަވަން އުޅުއްވާކަން ޔަމަންގެ ރައީސް އަލީ އަބްދުﷲ ސާލިހް ހާމަކުުރައްވައިފިއެވެ.ޒަމާންވީ ވެރިކަން ދޫކޮށްލައްވަން ތަކުރާރުކޮށް ދެކޮޅުހައްދަވަމުން ގެންދެވި ސާލިހް ވަނީ އެންމެފަހުން ބައިނަލްއަގުވާމީ ފިއްތުންތަކަށް ދޫދެއްވާފައެވެ. އޭނާގެ 33 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނީ ރިއާސީ އިންތިހާބާ އެކުގައެވެ.މިގޮތަށް އޭނާ އެއްބަސްވެ ވަޑައިގެންފައިވާއިރު ވެރިކަން ދޫކޮށްލެއްވުމުން އޭނާ އަށް ގާނޫނީ ހިމާޔަތް ވެސް ލިބިވަޑައިގަންނަވާނެއެވެ. ވެރިކަން ދިފާއުކުރެއްވުމަށް ކުރެއްވި މަސައްކަތުގައި ސާލިހް ވަނީ އިދިކޮޅު ފަރާތްތަކުން ދިން ރޮކެޓް ހަމަލާއަކުން ވެސް ސަލާމަތްވެ ވަޑައިގެންފައެވެ.އެހަމަލާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުމާ ގުޅިގެން ސައޫދީ ޢަރަބިއްޔާގައި ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ސާލިހް ވިދާޅުވީ މިހާރު އޭނާގެ ހާލު މުޅިން ރަނގަޅުވެފައިވާ ކަމަށާއި އެމެރިކާ ދަތުރަކީ ފަރުވާ ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ނޫން ކަމަށެވެ. އަދި އެ ދަތުރުފުޅަށް ފަހު ޔަމަނަށް އެނބުރި ވަޑައިގަންނަވާނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެކަމަށް ތައްޔާރުވެ ވަޑައިގެން ކަމަށް ވެސް ސާލިހް ވިދާޅުވިއެވެ.ސާލިހާ ދެކޮޅު މުޒާހަރާތައް ކުރިއަށްދާއިރު ޔަމަންގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކެއްގައި މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އަށާރަ މީހަކު މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ