ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު ހަމަޖައްސައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކުރައްވައިފިއެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އައްޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި މުުހައްމަދު ހުސައިން މަނިކު މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. 
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Villa College
މި މަގާމަށް މުހައްމަދު އަހްމަދު އައްޔަންކުރައްވާފައިވަނީ މާލީ ދާއިރާ އާއި ސަރުކާރުގެ އެކި މުއައްސަސާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައެވެ.
މުހައްމަދު އަހުމަދަކީ ބޭންކިން ދާއިރާ އާއި އިގްތިސާދީ ތަރައްގީ އާއި ދައުލަތުގެ މާލިއްޔަތުގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް އަދި މުއައްސަސާތައް ހިންގުމުގެ ދާއިރާއިން40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ދައުލަތުގެ މުހިންމު އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު އަހްމަދު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސް މަގާމުތަކެއްގެ އިތުރުން ސޮލަރެލް އިންޝުއަރެންސް ފަދަ އަމިއްލަ ކުންފުނިތަކުގެ ހިންގުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މުހައްމަދު އަހުމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރުހަމް ޔުނިވާސިޓީ ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. އޭގެއިތުރުން އޭނާ ވަނީ ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. 
ސީއެމްޑީއޭގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި, ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ސެކިއުރިޓީޒް އުފައްދައި، ނެރެ، ގަނެ ވިއްކޭނެ ބާޒާރެއް އުފެއްދުމާއި ސެކިއުރިޓީޒް ގަނެ ވިއްކާ ފަރާތްތަކާއި ގަނެ ވިއްކަން ހުށަހަޅާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ސެކިއުރިޓީޒް ބާޒާރު އިންތިޒާމްކޮށް، ހިނގާ ނުހިނގާ ގޮތް ބެލުމާއި ސެކިއުރިޓީޒްގެ މުއާމަލާތުތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި ސެކިއުރިޓީޒް ބާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ސީއެމްޑީއޭގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ