ސަންޖޭގެ ފިލްމު ނެރުން ފަސްކޮށްފި
މިއަދު ރިލީޒްކުރާނެ ކަމަށް ކުރިން އިއުލާނުކުރި އެކްޓަރު ސަންޖޭ ދަތުގެ ފިލްމު 'ދަ ބޫތުނީ" ރިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ. ސަންޖޭގެ އިތުރުން މޯނީ ރޯއި، ޕަލަކް ތިވާރީ، ސަނީ ސިންގް، އަދި އާސިފު ޚާން މުހިންމު ރޯލުތަކުން ފެންނާނެ މި ހޮރޯ ކޮމެޑީ ބެލުންތެރިންނަށް ގެނެސްދޭނެ އާ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހެވެ. މި ފިލްމު ރިލީޒްކުރުން ފަސްކުރީ ފިލްމުގެ ލައިޓިންގްއަށް އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހުމުގެ އިތުރުން ފިލްމު ވީއެފްއެކްސް މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާތީއެވެ. މި ފިލްމުގެ ޓްރެއިލާ ރިލީޒްވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން "ދަ ބޫތުނީ"އަށް ލިބިފައިވާތީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ ވީހާ ވެސް ފުރިހަމައަށް ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު ބެލުންތެރިންނަށް ދޫކޮށްލުމަށެވެ. މޯނީ ފިލްމު "ބްރައްމަސްތުރާ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ ޒީ ސްޓޫޑިއޯއާއި ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓް އަދި ތްރީ ޑައިމެންޝަން މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ސަންޖޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. މީގެ އިތުރުން، ސަންޖޭގެ އަންހެނުން މާންޔަތާ ދަތު ވެސް ފިލްމުގައި ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ޒީސްޓޫޑިއޯސް މެދުވެރިކޮށެވެ. މީގެ ކުރިން ވެސް ބިރުވެރި ރޯލްތަކުން ފެނިފައިވާ ބަތަލާ މޯނީ ރޯއި ވަރަށް ތަފާތު ގޮތަކަށް ފެންނަ މި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި "ބްރައްމަސްތުރާ"އަށް ފަހު މޯނީ ބިރުވެރި ކެރެކްޓާއަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ