ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހިނގާލުން ފަށާނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަ ކޮށިން ކަމަށެވެ. ބަންޑާރަ ކޮށިން ނިކުމެގެން އަމީރު އަހުމަދު މަގުން އިރަށް ގޮސް ސިފައިން ފުރަތަމަ މަޑު ކުރަން ހަމަޖެހިފައި ވަނީ ރައީސް އޮފީސް ދޮރުމައްޗަށެވެ. ހިނގާލުން ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއަދުގެ ހިނގާލުމުގައި މާލޭގެ ފަސް ސަރަހައްދެއްގައި ސިފައިން މަޑު ކުރާނެ އެވެ. އެއީ:
މިއަދުގެ ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ޑިޕާޓުމެންޓުތަކުގައި މަސައްކަތް ކުރާ ސިފައިން އެ މީހުންގެ ދާއިރާތަކުގެ ޔުނިފޯމުތަކާއި ބޭނުން ކުރާ އަލާތްތައް ދައްކައިލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ބޭންޑުގެ ހުށަހެޅުންތައް ވެސް މި ހިނގާލުމުގެ ތެރެއިން ހުށަހަޅައިދޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަސްކަރީ ހިނގާލުން ނިންމައިލަން ހަމަޖެހިފައި ވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ