ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7 ޖަހާއެހާއިރު އެވެ.
މައުލޫމާތު އެނގޭ މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، މިޔަރު ހިފީ، ކުނިކޮއްޓާއި ދިމާލު ބޭރުން ކަމަށާއި މިޔަރު ހިފުމަށްފަހު މަސައްކަތްކުރީ މީހާ ގޮވައިގެން އަޑިއަށް ދިޔުމަށް ކަމަށެވެ. އެކީގައި މަސްހިފަން ދިޔަ މީހުންގެ އެހީތެރިކަމާއެކު ނަގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ އެތަނުގައި ފަރުވާދެމުންނެވެ.
"މިޔަރު ހިފީ މަތީގައި އޮތްވާ. ބޮޑު މިޔަރެއް". މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
އާންމުކޮށްވެސް މަސްހިފަން ފީނަށް ގޮސް އުޅޭ މި މީހާއަށް މިޔަރު ހަމަލާދީފައިވަނީ ވައަތުގެ ކޮނޑަށެވެ. ކޮނޑުމަތީގެ ބޮޑު ސަރަހައްދެއް ވަނީ ޒަހަމުކޮށްލާފަ އެވެ.
ތަފްސީލް އަންނަނީ
ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ