ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދު އައްޔަންކޮށްފި އެވެ.
އެޗްޑީސީގެ ބޯޑަށް ތައާމް އައްޔަންކުރިކަން ކަށަވަރުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޕޯސްޓުކޮށްފަ އެވެ.
މި ސަރުކާރުން ތައާމަށް ސްޓޭޓް މިނިސްޓަރުކަން ދިނީ ސަރުކާރުގެ ފުރަތަމަ ހަފުތާގެ ތެރޭ، ނޮވެމްބަރު 21، 2023 ގަ އެވެ.
އެޗްޑީސީގެ ބޯޑުން މަގާމެއް ހުސްވީ އެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދު އެ މަގާމުން ވަކިކުރަން ޕީސީބީން ނިންމުންނެވެ. އޭނާ ވަކިކުރީ އެޕްރީލް 6، ގަ އެވެ.
ވަހީދަކީ މިދިޔަ އަހަރު ފެންމަތިވި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި އެކަކެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހިފެހެއްޓި ހުރިހާ ޕާސްޕޯޓުތައް ދޫކޮށްލަން ފުލުހުން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މި މައްސަލައިގައި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރެ އެވެ. ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތައާމް އައްޔަންކޮށްފި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތައާމް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ