ފިހިގެން މަރުވި ޒުވާނާގެ ކަށުނަމާދު މާދަމާ ސަލްމާން މިސްކިތުގައި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މަރުވި އަލީ ސާމިންގެ މައްޗަށް ގައިބަށް ކުރާ ކަށުނަމާދު، މާދަމާ ސަލްމާން މިސްކިތުގައި ކުރާ ގޮތަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސާމިން، 31، މަރުވީ، އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭގަ އެވެ. އިއްޔެ އިންޑިއާގައި އޭނާ ވަނީ ވަޅުލާފަ އެވެ.
ސާމިންގެ އާއިލާއިން ބުނިގޮތުގައި އެ ޒުވާނާގެ މައްޗަށް ގައިބަށް ކުރާ ކަށުނަމާދު، މާދަމާގެ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެނގުން މުހިއްމު - މި ހާދިސާގައި ދެން ފިހުނު، ސާމިންގެ ކުރީގެ އަންހެނުން އައިޝަތު ރިފްގާ، 31، ވަނީ ފަރުވާ ދެނިކޮށް 31 މާޗުގައި ނިޔާވެފަ އެވެ. އޭނާގެ ހަށިގަނޑުގެ %83 ފިހުނެވެ.
އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ. އެހެންވެ، ތަނަށް މާބޮޑު ގެއްލުމެއް ނުލިބި ފިހިގެން ދެ މީހަކު މަރުވި ގޮތާމެދު ސުވާލު ވަނީ އުފެދިފަ އެވެ. އެކަމަކު އޭގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް ބުނެ ފުލުހުން އެއްވެސް ތަފްސީލެއް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ