އީކުއޭޓާގެ މަގުގެ މައްސަލަ ހައްލުވެއްޖެ: މުއްތޮލިބު

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރީ ސަރުކާރުން 2023ގައި ފެށި 29 މިލިއަަން ޑޮލަރު (455 މިލިއަން ރުފިޔާ)ގެ މަޝްރޫއުގައި ހިމެނޭ މަގު ހަދަން އީކްއޭޓާ ވިލެޖްގެ އެކޮމޮޑޭޝަން އިމާރާތް ނަގަން ޖެހެ އެވެ. ނަމަވެސް އެ ބިން ހުސްނުކުރާތީ އެ މަޝްރޫއު ވަނީ ދިގުލައިގެންގޮސްފަ އެވެ. އަދި އެކަމާ ގުޅިގެން މި ސަރުކާރުން ކުރިން ގެންގުޅުނު ވިސްނުމަކީ މަގުގެ އެ ބައި ނުހަދާ މަޝްރޫއު ކުރިއަށް ގެންދިއުމެވެ.
ތަފްސީލު- މިނިސްޓަރު މިއަދު ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލައާ މެދު ކަމާބެހޭ ހުރިހާ ފަރާތަކާ މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ އިން އެ މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.
‏”އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.
މަގުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ އެއާޕޯޓު ކުންފުނީގެ މެނޭޖުމެންޓުން ޓޫރިޒަމް މިނިސްޓްރީ އަދި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ