މިއަހަރު ގައުމީ ފެންވަރުގައި އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށަށް ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ތިން ރަށެއްގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރު ސަރުކާރާ ގުޅިގެން ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ލޭންގުއޭޖް އެންޑް ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީއާ ގުޅިގެން ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުގެ ކައުންސިލްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ތިން ރަށެއްގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އީދު ފާހަގަކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމާ ބެހޭ އުސޫލަށެވެ. ހޮވާނީ އެ އުސޫލާ އެގޮތަށް އެންމެ ރަގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ރަށެވެ.
ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން އެއް ރަށުގަ އެވެ. މިދިޔަ އަހަރު އެގޮތަށް ބޮޑު އީދު ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އުތުރުން ރ. އުނގޫފާރުގަ އެވެ. އަދި މެދުރާއްޖެތެރެއިން ދ. ކުޑަހުވަދޫ އަދި އުތުރުން ގއ. ވިލިނގިލީގަ އެވެ.އެ ރަށްރަށުގައި ސަގާފީ ގިނަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ