ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ ސްޓެއަރިން ކޮމެޓީގެ މެންބަރުން ހިމަނައި އަލަށް ހެދި ވަޓްސް އެޕް ގުރޫޕަށް ބައެއް މެންބަރުން އެޑް ނުކުރުމުން ހިތްހަމަނުޖެހިގެން ކުރީގެ ގުރޫޕުން އެ ކޮމެޓީގެ ބައެއް މެންބަރުން ނުކުމެއްޖެ އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ ސްޓެއަރިން ކޮމެޓީގެ އާ ވަޓްސް އެޕް ގުރޫޕެއް ހަދައި އެ އެ ގުރޫޕަށް މެންބަރުން އެޑްކުރީ ހޯމަދުވަހު އެވެ. އަލަށް ހެދި ގުރޫޕަށް މެންބަރުން އެޑްކުރިއިރު އަންހެން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ އާއި އެ ކޮމެޓީގެ މެންބަރު ޝަމީމާ ހަސަން އެޑް ނުކުރާކަމަށް މައުލޫމާތު އެނގޭ މީހުން ކޭއޯއަށް މައުލޫމާތުދިނެވެ.
ޕީއެންސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ސްޓެއަރިން ކޮމެޓީގައި ކައުންސިލް މެންބަރުންނާއި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ހިމަނަން ޖެހެ އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ، އާ ގުރޫޕަށް ހަދީޖާ އާއި ޝަމީމާ އެޑްނުކުރި މައްސަލަ ބޮޑުވެ ކުރީގެ ގުރޫޕުން އެ ދެ މެންބަރުން ނުކުމެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ހަދީޖާ މޫސާގެ ބަހެއް ހޯދަން މި ނޫހުން ގުޅުމުން ވިދާޅުވީ، އެކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެވޭކަށް ނެތްކަމަށެވެ. ޝަމީމާވެސް އެކަމުގައި ކޮމެންޓެއް ކުރަން ބޭނުމެއް ނުވި އެވެ.
ދާދިފަހުން އަންހެނުން ކޮމެޓީން އިންތިޒާމުކުރި ފަރިއުތުރު މަސްރޭހުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ މުބާރާތް އިންތިޒާމުކުރީ ކުލަބު ކޮރަލްސް ކަމަށް ވިދާޅުވެ މެންބަރު މުހައްމަދު ދާއޫދު ދެއްކެވި ވާހަކަ އާއި ގުޅިގެން އަންހެނުން ކޮމެޓީ ރައީސް ހަދީޖާ އަލީ މެންބަރުގެ އެ ވާހަކަ ދޮގުކޮށް ބަޔާނެއްވެސް ނެރުނެވެ.
އެ މައްސަލައަށް ފަހު ޕީއެންސީގެ އަގުލަބިއްޔަތު އޮންނަ އަންހެނުން ކޮމެޓީ އާއި އެ ކޮމެޓީގެ ރައީސާ ހަދީޖާ އާ މެދު އުތުރު ދާއިރާގެ ސްޓެއަރިންގ ކޮމެޓީގެ ބައެއް މެންބަރުންނާ މެދު ނުތަނަވަސްކަން އުފެދުނެވެ.
އަލަށް ހެދި ވަޓްސް އެޕް ގުރޫޕަށް އެޑްނުކުރުމުން ކުރީގެ ގުރޫޕުން ބައެއް މެންބަރުން ހިތްހަމަނުޖެހިގެން ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ