ސިންގަޕޫރުގައި ތިބި ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.އެ ބައްދަލުކުރުމުގައި ރައީސް ވަނީ، ދިވެހީންގެ ހާލު ބައްލަވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. ނަމަވެސް،މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.ރައީސް އޮފީހުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މަތީފަންތީގެ ސަރުކާރުގެ ވަފުދެއް ބައިވެރިވެރިވަޑަގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ