އެއީ ޒުވާން ޢުމުރުގައި ދަރިން ލިބުނު އަންހެނެކެވެ. ފުރަތަމަ ދަރިފުޅު ލިބުނީ 19 އަހަރުގައެވެ. ކުއްޖާއަށް 11 އަހަރުގައި ފރިމީހާ ވަރިކޮށްލާފައި ދިއުމުން ދަރިފުޅު ގެންގުޅެ ބޮޑުކުރީ އެކަނިމާއެކަންޏެވެ. ވަޒިފާ އަދާކޮށް ފައިސާ ހޯދައިގެންނެވެ.
ދަރިފުޅު 20 އަހަރުގައި ކައިވެނިކޮށްފިއެވެ. އަނބިމީހާވީ މަންމައަށް ވަރަށް ނުބައި އަންހެނަކަށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގެއިންވެސް ބޭރުކޮށްލީއެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަތީގައި ހުރިހާ ކަމެއް ހިނގައިދިއައިރުވެސް ހުއްޓުވަން ބަހެއްވެސް ނުބުނެ މަޑުން ހުރީއެވެ. އެންމެ ކުޑަމިނުން އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރަން އުފުލިބުރަ ހިތަށް ނުއެރިތަނުގައި މިއީ މަންމްގެ އަމިއްލަ ގެކަންވެސް ހިތަކަށް ނުއެރިއެވެ.
ރޮމުން ނުކުމެގެންދިއައީ އެކުވެރިއެއްގެ ގާތަށެވެ. ޢޭނާ މަރުޙަބާ ކިޔައި ވަރަށް ހެޔޮކޮށްހިތައިގެން ގެންގުޅުނެވެ. އެހެން އުޅުމުގެ ތެރޭގައި ބައްދަލުވި ތަނަވަސް މީހަކާއި ކައިވެނިކުރެވޭނެ ގޮތް މެދުވެރިވެ ކައިވެނިކުރީއެވެ.
ކިޔަވައިގެން ހުރި ރަނގަޅު އަންތބަކު ލިބުމުން ގޭގައި ބެއިންދުމުގެ ބަދަލުގައި އޮފީހަށް ގެންގޮސް ކުރާނެ މަސައްކަތްވެސް ދެއްކިއެވެ. އެއީ ގިނަވަޤުތު އެކުގައި އުޅުމުގެ ބޭނުމުގައެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅުމެން ދެމަފިރިންނަށް އެކަން އެނގުމުން އޮފީހަށް ގޮސް ބައްދަލުކޮށް މާފަށް އެދުނެވެ.
މަންމަ ބުންޏެވެ. "މާފަށް އެދެން އޮތް ދުވަސް މާޒީވެ ހިނގައްޖެއެވެ. މަންމަ ކުރި ހިތާމައިގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިއަދަކު ނެތެވެ. މާފަށް ނުއެދުނަސް މިހުރީ މާފުކޮށްގެންނެވެ. ކަމަކު ބޭނުންވެއްޖިއްޔާ މެސެޖްކޮށްލާށެވެ. ބަލިވިޔަސް މެސެޖްކޮށްލާށެވެ! ގިނައިން ގުޅައި ބައްދަލުކުރަން ނުހަދާށެވެ! އެކަންކަންކުރަން މަންމައަކަށް މިހާރަކު އެހައި ފަސޭހައެއް ނޫނެވެ. ގެވެސް ވަރަށް އަވަހަށް ދަރިފުޅަށް ރަޖިސްޓްރީކޮށްދޭނަމެވެ. އެގެއަކުން ކޮށްޕާ އަހުރެން ނެރެލެވުނު ގެއަކަށް އެންމެ ފަހަރަކުވެސް އެނބުރި ވަންނާކަށް ބޭނުމެއް ނޫނެވެ."
ދަރިފުޅު ބޭނުންވީ އަނބިމީހާ ކުށްވެރިކޮށް ވަރިކުރާށެވެ! މަންމަ ބުނީ އެކަންކުރަން އޮތް ވަޤުތުވެސް މާޒީވެ ހިނގައްޖެކަމަށެވެ. ދެން ރަނގަޅުވާނީ ދެދަރިން ލޯބިން އެކުގައި އުޅުން ކަމަށެވެ. މަންމަގެ ޖަވާބަށް ބުނެވޭނެ ބަހެއް ނެތުމުން ދެމަފިރިން ނުކުމެގެންދިއައީ ވަރަށް ދެރަވެ ތިބެގެންނެވެ.
މިއީ ވަރަށް ފަހުން ހިނގައިދިއަ ކަމެކެވެ. މިހާދިސާ އާއިމެދު އެއްވެސް ބަހެއް ބުނާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ވާހަކަވިދާޅުވާ ބޭފުޅުން ކޮމެންޓެއް ކޮށްލަދެއްވިއްޔާ ވަރަށް ރަނގަޅެވެ. އެކަނި ދަރިން ގެންގުޅެ ބޮޑުކުރީމާ މައިމީހާ މިގޮތަށް ނިކަމެތިކޮށްލުމާއިމެދުގައެވެ. އެމައިމީހާ ކަންތައް އެކުރި ގޮތާއިމެދުގައެވެ.
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
އެކަނި ގެންގުޅެ ބޮޑުކުރީމާ މައިމީހާގެ ގެއިން ނެރެ ބޭރުކޮށްލީމާވެސް ތަނަވަސް ދިރިއުޅުމެއް ލިބިއްޖެކަން އެނގިގެން މާފަށް އެދެން ދިއައިމަ މިމަންމަ ކަންތައް އެކުރީ ރަނގަޅަށްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ