ކޮންމެ ކަމަކަށް ޒުވާބުކުރަމުން ގޮސް ގޭގައި ކަންކަން ޖެހޭނީ ކާކަށްކަމާއިމެދުގައިވެސް މިއަދު އެބަ ޒުވާބުކުރެއެވެ. ދެމީހުންވެސް މިބުނަނީ ކައްކަން ޖެހޭނީ އަނެކާއަށް ކަމަށެވެ. އަނބިމީހާ މިބުނަނީ ފިރިމިހާއަށް ކަމަށެވެ. ފިރިމީހާއަށް ކަމަށެވެ.
އެންމެ ރަނގަޅެވެ. ދެމީހުންކުރެ އެކަކުވެސް ކައްކަން ބޭނުން ނުވެއްޖެނަމަ ކައްކާނީ ކާކުހެއްޔެވެ؟ އެކަކުވެސް ނުކައްކައިފިނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ބަނޑުހައިވެގެން ހަލާކުވާނީ ނޫންހެއްޔެވެ؟ ބަނޑުހައިވެގެން ކެތް ނުކުރެވުނީމާ އެމީހަކަށް ޖެހޭނީ ބަދިގެއަށްވަދެ ކައްކައިގެން ކާން ނޫން ހެއްޔެވެ؟ ނޫންނަމަ ބޮޑު ޚަރަދުކޮށްގެން ގަނެގެން ކާން ނޫންހެއްޔެވެ؟
އެހެންވީމާ އަހުރެންގެ ބަސް މިބުނަނީއެވެ. ކައްކަންޖެހޭނީ ކާކަށްތޯ ބަލަން ޒުވާބުކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ދެމީހުންނަށްވެސް ކުރަންޖެހޭ ކަމަކަށް ހަދާށެވެ. އެއިރުން ދެމީހުންވެސް ތިބޭނީ ކައިގެންނެވެ. ބަނޑުހައިވެގެން އުޅޭކަށް އެކަކަށްވެސް ނުޖެހޭނެއެވެ.
އަދިވެސް ބުނެލާނަމެވެ! އަނބިމީހާ ކައްކައިދިނުމުން ރަހަކިޔައި ޒުވާބުކުރަން ނުހަދާށެވެ! ރަހަކިޔަންޖެހެނީ އެކަކު ކައްކާތީއެވެ. ދެމީހުންވެގެން ކައްކާނަމަ ރަހަކިޔައި ޝަކުވާކުރާކަށްވެސް ނުޖެހޭނެއެވެ. ސިއްރެއްވެސް ބުނެލާނަމެވެ! ދެމީހުން ބައިވެރިވެގެން ކެއްކީމާ މާމީރުވެސްވާނެއެވެ!
އަހުރެންގެ އެކުވެރިއަކު ހުރެއެވެ. އޭނާއަކީ ކައްކަން ބޭނުންވާ މީހެއް ނޫނެވެ. އެހެންވެ އޭނާކުރާ ކަމަކީ ތަށި،ތެލި ދޮވެދިނުމެވެ.
ދެން ފާހަގަކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ކުރީގެ ޒަމާންތަކުގައި އަނބިމީހާ އިންނާނީ ގޭގައެވެ. ކުރަންޖެހޭނެ މަސައްކަތަކީ ކެއްކުމާއި ގޭގެ މަސައްކަތްތަކެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެއެވެ. އަނބިމީހާލައްވައިވެސް ވަޒީފާއަދާކުރުވަން އެބަޖެހެއެވެ. ފރިމީހާއަށް އެކަނި ލިބޭ ޢާމްދަނީން ދެކޮޅު ނުޖެއްސޭތީއެވެ. އެޙާލަތުގައި އޮތީ ކުރީގެ އާދަކާދައަށް ބެލުމެއް ނޫނެވެ. ކެއްކުމާއި ގޭގެމަސައްކަތްތައްވެސް ދެމީހުން ގުޅިގެން ކުރުމެވެ.
މިހެން ބުނަން މިޖެހެނީ އަނބިމީހާ ލައްވައި ވަޒީފާއަދާކުރުވަމުން ގޭގެ މަސައްކަތްކުރަންވެސް މަޖުބޫރުކުރުވާތީއެވެ. އެހެން ނުހަދާށެވެ. ދެމީހުން ގުޅިގެން ހުރިހާ ކަމެއްވެސް ކުރަމުން ގެންދާށެވެ. އެއިރުން ދިރިއުޅެން ފަސޭހަވެފައި ކުރިމަތިވާ ކަންކަން ޙައްލުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
އަނބިމީހާއަށް ވަޒިފާއަދާކުރަންޖެހޭނަމަ ކެއްކުންފަދަ ގޭގެ މަސައްކަތްތަކުގަ އޮތީ ދެމަފިރިންވެސް ބައިވެރިވެގެން ކުރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ