ސިޓީ އާއި އީމެއިލްގެ ޒަރިއްޔާ އިން ފްލެޓު ލިސްޓަށް ލިބުނު ޝަކުވާތަކުގެ ތެރެއިން ބަލާނީ ހަމައެކަނި ފްލެޓު ލިސްޓުގައި ތިބި މީހުންނާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތައް ކަމަށް ހައުސިން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާންމު ކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އޮތެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީ އިން މިއަދު ބުނީ ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ މިނިސްޓްރީ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ،
ފްލެޓަށް ކުރިމަތިލި ހުރިހާ ފަރާތްތަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލި
ޖުމްލަ 4،625 އެޕްލިކެންޓުން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި
މީގެ ތެރެއިން މިނިސްޓްރީ އަށް ސައްހަ ކަން ކަށަވަރު ކުރެވުނު 4،000 ފްލެޓު ލިބޭ ލިސްޓުގައި ހިމެނޭ 2،555 އެޕްލިކެންޓުން ޝަކުވާ ހުށަހެޅި
އެއް ޝަކުވާ އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅަން ފުރުސަތު ދިން، އެއާއެކު ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5،326 ޝަކުވާ ލިބުނު
ޝަކުވާތައް ބެލުމުގެ ކަންތައް މިނިސްޓްރީ އިން ގެންދަނީ ކުރަމުން
މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީ އިން ކަނޑައެޅި އީމެއިލް އަށް 2،840 ޝަކުވާ އަދި މިނިސްޓްރީ އަށް އެޑްރެސްކޮށް ސިޓީ އިން 526 ޝަކުވާ ހުށަހެޅި ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.
އެ މިނިސްޓްރީ އިން ބުނީ ސިޓީ އާއި އީމެއިލް އިން ލިބުނު ޝަކުވާތަކުގެ ތެރެއިން ބަލާނީ ފްލެޓު ލިސްޓުގައިވާ ފަރާތްތަކާ ގުޅިގެން ތިން ވަނަ ފަރާތަކުން ފޮނުވާފައިވާ ޝަކުވާތައް އެކަނި ކަމަށެވެ.
ގުޅުން ހުރި - ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި 1،820 މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ.
އޭގެ ތެރޭ ހިމެނެނީ:
2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 397 މީހުން
3 ކޮޓަރީގެ ފްލެޓަށް ޝަރުުތު ހަމަވި 1،423 މީހުން
ކުރީ ސަރުކާރު ނިމެމުން ދަނިކޮށް އިއުލާނު ކުރި ލިސްޓުގައި ޝަރުުތު ހަމަވާ ކަމަށް އޮތީ:
ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުން
ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުން
ސިޓީ، އީމެއިލް އިން ބަލާނީ ފްލެޓު ލިބުނު މީހުންނާ ގުޅޭ ގޮތުން ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާ އެކަނި: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ