ކުޅުދުއްފުށީ ކައިރިއަށް މަސް ހިފަން ފައިބާ އުޅެނިކޮށް މިޔަރެއް ދިން ހަމަލާއެއްްގައި މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - ކުޅުދުއްފުށީ ހޮސްޕިޓަލުން މިއަދު 'ދައުރު' އަށް މައުލޫމާތު ދިން ގޮތުގައި މިޔަރެއް ހަމަލާދީގެން އެރަށަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ޒަހަމުތަކާ އެކު އެ ހޮސްޕިޓަލަށް އޭނާ ގެނެވުނީ ހެނދުނު 7 ޖަހާ އެހާކަންހާއިރު ކަމަށް ބުންޏެވެ.
ބުނީ ކީކޭ؟ - ހޮސްޕިޓަލުން ބުނިގޮތުގައި:
މިޔަރު ހަމަލާދިނުމުގެ ތެރެއިން އޭނާގެ ކޮނޑުހުޅު ވަނީ ނައްޓައިގެން ގޮސްފައި
ހަމަލާދިނުމުގެ ސަބަބުން ކޮނޑަށް ކޮންމެ ވެސް ވަރެއްގެ ޒަހަމުތަކެއް ލިބިފައިވޭ
ހަމަލާގައި ނައްޓައިގެން ދިޔަ ކޮނޑުހުޅު މިހާރު އަޅުވާފައިވާ ކަމަށާއި ޒަހަމުތަކަށް ފަރުވާދީ ލޭ މަނާކުރެވިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އަދި އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ދިން ހަމަލާގައި ކޮނޑުހުޅު ނެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ