ސްކޭމްތަކުން ފޭރުނު 147،000ރ. ހޯދައިފި

ފާއިތުވި ހަފުތާގައި ރާއްޖޭގައި ހިނގި އެކި ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 18-އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އެ މައްސަލަތަކުގައި ޖުމްލަ 899،348.43 ރުފިޔާގެ ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން 147،132ރ. ރުފިޔާ އަނބުރާ ވަނީ ހޯދައިފަ އެވެ.
އެގޮތުން 8 މައްސަލައިގައި ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 3 މައްސަލައެއްގައި އެކި މިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ރިޕޯޓްކުރި ސްކޭމްގެ ބާވަތްތައް:
* އީ-ކޮމާސް: 25 މައްސަލަ
* ބޭރު ފައިސާ މާރުކުރުން: 10 މައްސަލަ
* ވިޝިން ސްކޭމް: 4 މައްސަލަ
* ފިޝިން ލިންކް ބޭނުންކޮށްގެން: 2 މައްސަލަ
* އެހެނިހެން : 3 މައްސަލަ
ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:
• ފޭސްބުކް މާކެޓްޕްލޭސް: 18 މައްސަލަ
• ވައިބާ: 11 މައްސަލަ
• ފޯންކޯލް: 4 މައްސަލަ
• އައިބޭ: 4 މައްސަލަ
• އެހެނިހެން ޕްލެޓްފޯމްތައް: 7 މައްސަލަ
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ