ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ނެރެފި

ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑްލައިން ހެލްތު މިނިސްޓްރީން މިއަދު ނެރެފިއެވެ. މި ގައިޑްލައިން ނެރެދެއްވީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމާއި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް ޕޭޑެން ޕީ އެވެ. ހެލްޓް މިނިސްޓްރީން ބުނީ މި ގައިޑްލައިންގައި، ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނެކަމަށެވެ. ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް-- ފޮޓޯ/ހެލްޓް މިނިސްޓްރީ އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ސިއްހީ ޚިދުމަތެރިން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ގައިޑްލައިން ނެރެދެއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ގާއިމްވެފައިވާނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ