ސިޓީ ބަލިކޮށް ނިއުކާސަލް ތާވަލުގެ 14 ވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން ތާވަލުގެ 14 ވަނައަށް ޖެހިލައިފިއެވެ. ނިއު ކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މިމެޗު ނިއުކާސަލް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ހާއްސަކޮށް ސިޓީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި މެޗާއި ކުރިމަތިލިއިރު، ކުޅުންތެރިންތެ ތެރެއިން އެންމެ ހާއްސަ އެއް ކުޅުންތެރިއަކީ މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑެވެ. ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރުމުގެ ފުރުސަތު މި މެޗުގައި އޭނާއަށް ލިބުނެވެ. ނަމަވެސް އެކަން އޭނާއަަށް އެކަމެއް ހާސިލެއްނުވިއެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ނިއުކާސަލް އެވެ. މެޗުގެ 63 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާވޭ ބާންސް އެވެ. ނަމަވެސް އޭޣެ ފަސް މިނިޓުފަހުން ސިޓީގެ ރުބެން ޑިއާސް ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވި ލަނޑު ޖެހީ ސިޓީން ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓުފަހުންނެވެ. ހާވޭ ބާންސް މި ލަނޑު ޖެހިއިރު، ރެފްރީ ވަނީ މި ލަނޑު ބަލައިގަތުމަށް ވީއޭއާރުގެ އެހީތެރިކަން ހޯދާފައެވެ. އެއީ ލަނޑު ޖެހިއިރު ބާންސް އޮފްސައިޑު ކަމަށް ބެލެވިގެންނެވެ. ގިނައިރުތަކެއް ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައިގެންފައެވެ. މި މޮޅާއެކު ނިއުކާސަލް ޔުނައިޓެޑު ތާވަލުގެ 14 ވަނައަށް އަރާފައިވަނީ ކުޅުނު 12 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ޖުމްލަ 22 ޕޮއިންޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ