ރަސްގެތީމުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރ. ރަސްގެތީމުން މަރުވެފައި އޮތް މީހަކު ރޭ ފެނިއްޖެއެވެ. ފުލުހުން ބުނީ، މިއީ އެ ރަށުގައި އެކަނި ދިރިއުޅުނު މީހެއްގެ ޚަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53 އެހާކަންހާއިރު ބެލިއިރު، މަރުވެފައި އޮތް މީހެއްގެ ހާދިސާ ކަމަށެވެ. މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ، ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ