އީވާ ވިދާޅުވަނީ މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ކަމަށް!

ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަަށްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މަރު ތަޅު އެޅުވީ މި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނާއި ސަރުކާރުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ މިގޮތަށް ވިދާޅުވީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެވެ. އެގޮތުން އީވާ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮއްވާ އެހެން މަސައްކަތެއް ކުރަން މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް އެކު އެކީގައި ވެއްދީ ގަސްދުގައި މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.
އީވާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަކީ ތަޖުރިބާ ހުރި ސިޔާސީ ދެ ބޭފުޅުން ކަމަށާއި މިކަން މިގޮތަށް ކުރީ އޮޅިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެނގި ހުރެ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދިޔައީ ކަށަވަރު ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން. އެއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން ބޭނުންވާ ސަރުކާރަކަށް." އީވާ ވިދާޅުވި އެވެ.
އީވާ މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބު ރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ނަމަ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ފަހަރު އާންމު ކޮމިޓީތަކަށް ބަދަލު ނުގެނެވިގެން ކަމަށް ވިދާޅުވެ މަޖިލީސް ހުއްޓުވާލާފައިވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެންނެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގާފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމާ އޮތުމުން ކަމަށް ބުނެ އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ