ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި

ފުލުހުންގެ މުއައްސަސާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި އެ މުއައްސަސާގެ އިދާރީ ހިންގުމުގައި ހިމެނޭ ނުވަ ޑިޕާޓްމަންޓެއްގެ އިސްވެރިން ބަދަލުކޮށްފި އެވެ.
ފުލުހުން ބުނީ ބަދަލުތައް ގެނައި ބަހާތަކަކީ އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް، ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުން މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން،" ފުލުހުން ބުންޏެވެ.
ފުލުހުންގެ ނުވަ ބަހާއަށް އައްޔަންކުރި އާ އިސްވެރިން:
މިދިޔަ މަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު އާންމުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތައް އުފެދުނެވެ.
އެ ހާދިސާއާ ގުޅިގެން ޔުމްނުގެ ދިފާއުގައި ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް ނިކުމެ އަޑު އުފުލުމާއެކު ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާކުރެއްވި އެވެ. މިހާރު ޕޮލިސް ކޮމިޝަނަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އިސްމާއިލް ނަވީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ