އެންމެ ފަހުން ހުޅުވި މ. މުލީ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް މި މަހު 17ގައި ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ވީ ކިިހިނެއް؟ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިމި، މިދިޔަ މަހު 25ގައި ވަނީ ޓެސްޓު ފްލައިޓް ޖައްސާފަ އެވެ.
މޯލްޑިވިއަނުން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ:
އާ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހު 17ގައި ކަމަށް
ކުރާނީ މާލެއިން މުއްޔަށް ސީދާ ދަތުރުތައް، ދަތުރުގެ ދިގުމިނަކީ 35 މިނިޓް
މުއްޔަށް ދަތުރުކުރާނީ ހަފްތާއަކު އެއް ފަހަރު، އެއީ ހޮނިހިރު ދުވަހުގައި
މޯލްޑިވިއަނުން ބުނިގޮތުގައި މި ދަތުރުތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި:
މުލީ އެއާޕޯޓް ތަރައްގީކުރީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އެއާޕޯޓެއްގެ ގޮތުގައި
އެތަނުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ދިގުު ރަންވޭއެއް ވަނީ ހަދާފައި
އެ މަޝްރޫއުއަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ހަރަދުކުރި
މުލީ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް މި މަހު 17ގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ