މުޅި ރާއްޖެ ޑިޖިޓަލްކުރުމުގެ އިނިޝިއޭޓިވް، ”މޯލްޑިވްސް 2.0“ ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދާ ކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިރޭ ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒެއް ކަމަށާއި، ސަރުކާރުގެ އެކި ހިދުމަތްތައް ދޭ އިދާރާތަކުގެ ހިންގުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.
އެގޮތުން ޑިޖިޓަލައިޒޭޝަންގެ އަމާޒަށް ވާސިލުވުމުން އޮފީހުގައި ތިބެގެން ހިދުމަތް ދޭން ތިބެންޖެހޭ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.
މިއީ ސަރުކާރުގެ ހަރަދުތައް ކުޑަވާނެ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މިކަމުގެ ސަބަބުން މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، އެންމެން އެއް ވަގުތެއްގައި އުޅަނދު ފަދަ ތަކެތި ބޭނުންކުރުމުން ކުރިމަތިވާނެ ތިމާވެށީގެ ގެއްލުންތައް ވެސް ކުޑަކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މިއީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ވަށައިޖެހޭ ގޮތެއްގައި، މާނަހުރި ކަންކަން ކުރަން ޖެހޭ ކަމަށެވެ.
ދިވެހިރާއްޖެ 2.0- ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ