ރައީސަށް ވިދާޅުވެވުނު ކުށެއް، ރަނގަޅު ގޮތް ވިދާޅުވެ ދެއްވައިފި

ނަސަންދުރާ ބާސެލޯސް ގައި މިރޭ ފެށި "މޯލްޑިވްސް 2.0 ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެވުނު ކުށެއް ފާހަގަ ކުރައްވާ ރަނގަޅު ގޮތް އެމަނިކުފާނު ހިއްސާ ކުރައްވައިފި އެވެ.
އެކަން ހިއްސާ ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓްގައި ވިދާޅުވި މިރޭގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އުންމީދަކީ އެންމެން ގުޅިގެން "މޯލްޑިވްސް 2.0" މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ވާކް ފްރޮމް ހޯމް، ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
Advertisement
ރައީސް ކުރެއްވި ޕޯސްޓް 
އެ އަމާޒަށް 2028 ވަނަ އަހަރު ފެށޭ ހިސާބުގައި ދިއުމަށް އުންމީދު ކުރައްވާ ކަމަށާ އެއީ ގާނޫނީ އުސޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން ކަމަށެވެ. އަދި އެކަން ހަމަޖައްސާނީ ހަފްތާއަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެވުނު ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ވިދާޅުވެވުނު ކުށެއް ކަމަށެވެ.
".. ދަންނަވަން އުޅުނީ 'މަހަކު 30 ގަޑިއިރު' މިހެން. ނަމަވެސް ދެންނެވުނީ 'ހަފްތާއަކު 30 ގަޑިއިރު'. އެހެން ކަމުން، ވަރަށް މައާފާއެކު، އެކަމުގެ ރަނގަޅު ގޮތް ދަންނަވާލަން. ބާއްޖަވެރި ރެއަކަށް އެދެން," ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ