ނައީމާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ. އެއީ ކޮން ބައެއް ކަމެއް ނުބުނެއެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ:
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަަށެވެ.މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ. އެއީ ކޮން ބައެއް ކަމެއް ނުބުނެއެވެ.އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާ ކަމަށްވެސް ވިދާޅުވި އެވެ."މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހްރުވެރި ކަމާއެކު ފާހަގަކުރަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.ނައީމާގެ މަރާއެކު، މަނަދޫގެ ގިނަ މީހުންނަށް އެރަށުގައި އެވަރު ކަމެއް ކުރާނެ މީހަކު ހުންނާނެ ކަމަކަށް ނުބެލެވުނެވެ. ނައީމާއަކީ އާއިލާއާ ވަކިން، އެކަނި އުޅުނު މީހެއް ނަމަވެސް، ގާތްތިމާގެ މީހަކާ މާބޮޑު މައްސަލައެއް ޖެހިފައި އޮތްކަމަކަށް އޭރު ފާހަގަވެފައެއް ނެތެވެ .އެހެންކަމުން، ރަށު މީހުންގެ ތުހުމަތު އޭރު މައިގަނޑު ގޮތެއްގައި އަމާޒުވެފައި އޮތީ އެރަށުގައި އުޅޭ ބިދޭސީންނަށެވެ. އަދި ތަހުގީގު ވެސް ކުރިއަށް ގެންދިޔައީ އެ މަގުންނެވެ.ނަމަވެސް، ފަހުން އެރަށުގެ ބައެއް މީހުންގެ ފިންގަޕްރިންޓް ފުލުހުން ނަގާފައިވެއެވެ. އޭގެ ކުރިން އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަޅުގެއެއް ބަލާ ފާސްކޮށްފައެވެ. އެ ގެއަކީ ނައީމާގެ ގެއިން ފެށިގެން ގޮސް ހުރި ހުސްފައިގެ ފިޔަވަޅުތަކެއް ނިމޭ ތަނެވެ.ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކުއެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ. އޭނާ އި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.އެ މައްސަލައިގައި މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ނުދެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ