މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފިއެވެ.
އޭނާއަކީ ޕީޕީއެމް ޓިކެޓުގައި މާލެ ސިޓީ ކައުންސިލަރަކަށް ހޮވުނު ބޭފުޅެކެވެ.
އޭނާ ޕީއެންއެފްއަށް ސޮއި ކުރެއްވުމަށް ފަހު ޗެނަލް 13 އަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ އައި ސަރުކާރުން އެމަނިކުފާނު މިނިވަން ނުކުރުމުންނާއި ސަރުކާރުން ކައުންސިލަށް ނުފޫޒު ފޯރުވަމުންދާތީ ސަރުކާރާއެކު މަސައްކަތްކުރަން ވަރަށް އުނދަގޫ ކަމަށެވެ.
އޭނާ ވަނީ ދެން މަސައްކަތްކުރަމުންދާނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށް ވިދާަަޅުވެފައެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޕީއެންއެފަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ