ދިރާގުން މި ފުޓުބޯޅަ މޫސުމަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާ އެކު 'ފޯރިން ގުގުމާލާ' ކެމްޕެއިން ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ކެމްޕެއިން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
'ފޯރިން ގުގުމާލާ' ކެމްޕެއިނަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުން އަންނައިރު، ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އާ ތަޖުރިބާތަކާ އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ.
ތަފްސީލް - މި ކެމްޕެއިންގެ ތެރެއިން ދިރާގުން އިއުލާނުކޮށްފައިވާ މައިގަނޑު ތިން ޕްރޮމޯޝަނަކީ:
ކަސްޓަމަރުން ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާ އެކު 1ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަނުގައި ދިރާގު އެޕްގައިވާ 'ޖެހީ ލިބުނީ' ބެނާއަށް ފިއްތާލުމަށް ފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާ އެކު ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަން ނިމޭއިރު، ލީޑަބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް:
ޕީއެސް5 ސްލިމް 1ޓީބީ
އީއޭ އެފްސީ 26 ބަންޑްލްއެއް
ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165 ހާޒް ކިއުއެޗުޑީ ކާވްޑް މޮނިޓަރެއް
މި ޕްރޮމޯޝަންގެ ތެރެއިން ދިރާގުއެޕް މެދުވެރިކޮށް 'ވީއާ26ޕާސް' އެކްޓިވޭޓްކުރުމަށް ފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275ރ.އަށް ލިބޭނެ އެވެ.
މިއާ އެކު 3ޖީބީ ޑޭޓާ ވެސް މުޅިން ހިލޭ ލިބި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާ އެކު މެޗުތައް ބަލާލެވޭނެ އެވެ.
ދިރާގު ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާ އެކު 25ޖީބީ ފޯރި ބޯނަސް ލިބޭނެ އެވެ. މި އޮޑް-އޮންތައް އެންމެ 20ރ. އިން ފެށިގެން ލިބެން ހުންނާނެ އެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.
ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުން އަންނަ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރި އާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
ދިރާގުގެ 'ފޯރިން ގުގުމާލާ' ކެމްޕެއިން: ވޯލްޑް ކަޕަށް ހިލޭ ޑޭޓާ އާއި އިނާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ