ހަރުގޭގައި މާވަޑިކަލޭގެ ބަހެއް ނުވިކޭ!

ބުރޯ ތިޔައީ ވަރަށް އާދައިގެ ލީގެއްގެ ކުޅުން ތެރިއެކެވެ. ކަންކަން މަޝްވަރާ ކުރުމުގައިވެސް ދަރަޖަތަކެއް ވެއެވެ. އެއީ އޮޕަރޭޝަން ލެވެލަކާއި، ޓެކްޓިކަލް ލެވެލަކާއި ސްޓްރެޓަޖިކް ލެވެލެވެ. މީގެ ތެރެއިން އޮޕަރޭޝަން ލެވެލްގެ މީހުންނަށް ކަންކަން އެގޭނީ އެ ބަޔަކަށް މައުލޫމާތު ދިން މިންވަރަކަށެވެ.
ބަންޑާރަ ގެރިީންގެ ލީޑަރަކީ ޓެކްޓިކަލް ލެވެލްއަށް ކުފޫ ހަމަވާ ވެސް މީހެއް ނޫނެވެ. ޒާތީ ނުވާށެވެ. ޒާތީ ކަމެއް ނެތެވެ. ހެޔޮ އެދޭތީއެވެ. މާބޮޑަށް މިރިއެއް ގަދަބާރުން ކާއްޓަކަށް ވާން އުޅެނިކޮށް ސޯޓު ބޭލިދާނެއެވެ. 
ބުރޯއެވެ. ތިޔަ ލީގުގެ ބައިވެރިން ކުރާކަންކަމަށް މަތީ ލީގުން ދެނީ ބީރު ކަންފަތެކެވެ. ކަނު ލޮލެކެވެ. ރެލެވަންޓެއް ނޫނެވެ. ބުރޯގެ ވާހަކަ ގިނަ މީހުން ދައްކަން ބޭނުން ނުވަނީ ތިޔައީ ކިހާވަރެއްގެ މީހެއްކަން މީހުންނަށް އެގޭތީއެވެ.
މީހުން އެކަންކަމުގެ މަތިން ހަނދާން ނެތްކަމަށް ހީކޮށްގެން ހުއްޓަސް ފަހަރިއެއްގެ އެތައް އަހަރެއްގެ ކައިވެންޏެއް ރޫޅުނު ގޮތް ދަންނަ މީހުން ވެސް ލައްކަ ގިނައެވެ. ކޮން ގެއެއްކަމާއި ސީސީޓީވީ ފުޓޭޖް ބެލިކަން ދަންނަ މީހުން މި ފުރަމާލޭގައި ބައިވަރެވެ. ފަހަރިއަށް ފުލެޓު ކުއްޔަށް ނަގާދިން މީހެއްގެ ވާހަކަ ދަންނަ މީހުން އެހާމެ ގިނައެވެ. ތެޔޮ ދަމަން ރަށުގައި ގެންގުޅޭ ސޮރުގެ ކަންކަން ދަންނަ މީހުންވެސް އެބައުޅެއެވެ. ރަށުގައި ހިންގާ އޮޑިހަރުގޭގެ މުވައްޒަފުން ޔުޓިލިޓީ ކުންފުންޏާ ހަވާލުކޮށް ހިލޭ މަސައްކަތް ކުރުވާކަން ދަންނަ މީހުންވެސް މަދެއް ނޫނެވެ. ތެޔޮ އުނގުޅައިގެން އެންޓަނާ ނަގައިގެން އުޅެނިކޮށް ދުށް މީހުންވެސް މަދެއް ނޫނެވެ. ވަޒީރު އާއި ބުރޯއާއި އެކު ފެށި މަސައްކަތުން ނުހައްގުން ހޯދި މަންފާ އާއި ހަލާލު ނޫން ގޮތުގައި ހޯދި ފައިސާގެ ކަންކަން ދަންނަ މީހުން މަދެއް ނޫނެވެ.
މާތް ރަސްކަލާނގެ ކަންކަން މެދުވެރި ކުރައްވަނީ ފިލާވަޅެއް ލިބިގަތުމަށް ވެސް މެއެވެ. އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ދާނެ ވާހަކައަކީ ޖޯކެއް ނޫނެވެ. އޮޑި ދޯނިފަހަރުވެސް އަނދަނީތާއެވެ. އޭރުން އިންސުއަރެންސް ހޯދަން ބަންޑާރައިންގެ ބޮލަށް ޗިޕެއް ޖަހާނީހެއްޔެވެ. އޭނާ ވެސް އަމިއްލަ ދިފާއުގައި މިއަދު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. 
ހެއްދެވި ފަރާތަށް ބިރުވެރިވާށެވެ. ތިމާގެ ގާބިލުކަން ނެތް ލީގަށް ކުޅެން ނޫޅޭށެވެ. ބޭލިދާނެއެވެ. ނަސީބަކުން ނަމަވެސް ތިޔަ ހުރީ ހައްގު ހިސާބެއްގައި ނޫންކަން ތިމާ ތަމްސީލުކުރާ ގޭންގުގެ އެތަށް ބަޔަކު ބުނެއެވެ. ކޮންމެ ފަހަރަކު “ބައްލަވާ ވެރިޔާ އަޅުގަނޑު ބުނާ އެއްވެސް އެއްޗެއް މި ގޭންގަކުން ބަލައެއް ނުގަނޭ، ވަޓްސް އަޕުގައި ލިޔެލަ ދެއްވާ” އަކުން ނުފުދޭނެއެވެ. އަމިއްލަ ގޭންގުން ބަލައި ނުގަންނަ މީހަކު އެހެން ބަޔަކު ބަލައިގަންނާނީ ކިހިނަކުންތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ