ރާއްޖެ - އިންޑިއާ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ސެމިނާއެއް

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި އިންޑިއަން ހައިކޮމިޝަން ގުޅިގެން ސެމިނާއެއް ބާއްވައިފިއެވެ.
މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަންއެވެ. މި ސެމިނާގައި އެމްއެންޔޫގެ އިސްވެރިންނާއި، އިންޑިއާ ހައިކޮމިޝަނުގެ އިސްވެރިންގެ އިތުރުން އެމްއެންޔޫގައި ކިޔަވާ ދަރިވަރުން ބައިވެރިވިއެވެ.
މި ސެމިނާގެ ތެރެއިން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ވަނީ ހުށަހަޅައިދީފައެވެ. މި ޕރެޒެންޓޭޝަންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތާރީޚީ އަދި ޘަޤާފީ ގުޅުންތަކާއި، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވާހަަކަދައްކާފައިވެއެވެ.
މީގެއިތުރުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި، ތަޢުލީމީ އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޢުމްރާނީ ތަރައްޤީއާ ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި ސެމިނަރ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން ވެސްވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ސެމިނަރއަކީ، ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ