މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދު ވާނީ މި މަހު 27 އަށް

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން މިރޭ އިއުލާނުކޮށްފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައި ވާތީ، މާދަމާއަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަސް ކަމަށް ސައުދީން ބުންޏެވެ.
ހިޖުރީ ކަލަންޑަރުގައި ވެސް ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އޮތީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ ވެސް މި މަހުގެ 26 ވަނަ ދުވަސް ކަމަށާއި 27 ވަނަ ދުވަހަކީ ބޮޑު އީދު ކަމަށް ކަލަންޑަރުގައިވެ އެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ދެ ގްރޫޕެއް މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ. ބާކީ ތިބި ދެ ގުރޫޕް މާދަމާ އަދި އޭގެ އަނެއް ދުވަހު ސައުދީއަށް ފުރާނެ އެވެ. 
މި އަހަރު ވެސް ރާއްޖެއިން 1،000 މީހަކު ހައްޖުގެ އަޅުކަމަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ