ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގިނަ އަދަދެއްގެ ފަންނާނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވައިފިއެވެ.މިގޮތުން މައަދު 36 ފަންނާނުންނާއެކު ރައީސް ސޯލު ނަންގަވާފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގަ އާންމުކޮށްފައެވެ. އޭގެތެރޭގަ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު، ފިލްމީތަރި ނަތާޝާ ޖަލީލް، ލަވަކިއުންތެރިއާ އުނޫޝާ، ފިލްމީތަރި އައްޒަ، ޑައިރެކްޓަރު އަމްޖަދު ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ. އިޔަސީ އިންތިހާބު ފަށަން ދެ ދުވަހަށް ވެފައިވާއިރު، ރައީސް ސޯލިހާއި އެމްޑީޕީން އަންނަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އިތުރު ވޯޓު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމްޑީޕީއާގުޅި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައެވެ.ރައީސް ސޯލިހު ވަނީ ފަންނާނުގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނައިފައެވެ.އެގޮތުން އިންޓަނޭޝަނަލް ޕްރޮމަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ގާނޫނެއް ވުޖޫދުކުރުމާއި މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތް ކުރާނެ މާހައުލުތައް ގާއިމުކުރުމާއި ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލައި ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދެއްވުން ހިމެނެއެވެ.ފަންނާނުން ވަނީ މިހިނގާ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި, ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ދައުރެއް ކަމަށް ފާހަަގަކުރައްވާފަ އެވެ. މިދައުރުގެ ތެރޭގައި މިސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދިން ކަންކަމުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާ ބޭނުންކުރަން ފެށުން ހިމެނެ އެވެ. ޒަމާނީ އޮލިމްޕަހުގައި ވަނީ 72 ފިލްމު ޝޯ އާއި 21 މިޔުޒިކް ޝޯ ދައްކާފަ އެވެ.އޮލިމްޕަސް ތަރައްގީކޮށްފައިވަނީ ފަންނާނުން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމުތަކާއެކު އެވެ. ޒަމާނީ އޮލިމްޕަސް ތަރައްގީކުރި ފަހުން އެތަން 1،500 އަށް ވުރެ ގިނަ ފަންނާނުން ޕްރެކްޓިސްއަށް ބޭނުންކޮށްފައިވާ ކަމަށް ގުޅޭ އިދާރާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ