ފައިވާނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޒުވާނަކު ފަސް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފި ފައިވާނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޒުވާނަކު ފަސް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފި

ފައިވާނެއް ކަމަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ޒުވާނަކު ފަސް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އުމުރުން 30 އަހަރުގެ އެ ޒުވާނާ ފުލުހުން ހައްޔަރު ކުރީ ފައިވާނެއް ވަގަށް ނަގައިގެން މަގުމަތީ ވިއްކަން ހުރި ކަމަށް ބުނެ އެވެ. އެކަމަކު ތުހުމަތު އަމާޒުވާ ޒުވާނާ ބުނީ އެއީ ގެއެއްގެ ކުނި ކޮތަޅަކުން ނެގި ފައިވާނެއް ކަމަށެވެ.
އޭނާ ބަންދު ކުރަން ނިންމިއިރު ކޯޓުން ބުނެފައި ވަނީ، އެ ފައިވާނަކީ ކުނި ކޮތަޅެއްގެ ތެރެއިން ނެގި ފައިވާނެއް ކަމަށް ބުނި ނަމަވެސް އެ ގެއަށް ވަންނަން ޖެހުނު ސަބަބު ޒުވާނާއަށް ބުނެދެވިފައިނުވާ ކަމަށެވެ.
ކޯޓުން ނިންމީ "ތުހުމަތެއް ވުޖޫދުވާ މިންވަރަށް" އެ ޒުވާނާއާ ދެކޮޅަށް ހެކި ލިބިފައިވާތީ ފަސް ދުވަހަށް ބަންދު ކުރުމަށެވެ. ވައްކަމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ރެކޯޑު އެ ޒުވާނާގެ އޮތް ކަމަށް ވެސް ކޯޓުން ފާހަގަ ކުރެ އެވެ.
އެފަދަ މައްސަލައެއްގައި ޒުވާނަކު ބަންދު ކުރިއިރު، ޖަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށް ހޯމް މިނިސްޓްރީ އިން ބުނެ އެވެ. ޖަލުގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ