ދިރާގު ލަކީޑްރޯގައި ވާދަކޮށްގެން 65 އިންޗީގެ ޓީވީއެއް ހޯދިދާނެ

ދިރާގުން ކުރިއަށްގެންދާ 'ފޯރި ލަކީޑްރޯ' ނިމުމާ ގާތްވެފައިވާއިރު މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ވީ ކިހިނެއް؟ - ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބަ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު، ދިރާގުން އަންނަނީ ގުރުއަތުލުމެއް ބާއްވަމުންނެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:
32 ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ
16 ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭބީއެލް ޓިއުން 730ބީޓީ ހެޑްފޯން
ކުއާޓަ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް 5 ސްޕީކަރު
ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
ފައިނަލް: 1 ނަސީބުވެރިއަކަށް 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިގޮތުން، ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ'ން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު:
ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އާ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ބައިވެރިވެވޭނެ
މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން ވެސް މި ގުރުއަތުގައި ބައިވެރިވެވޭނެ 
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100ރ. އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭނެ
ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް 'ފޯރި ލަކީޑްރޯ'ގައި ބައިވެރިވެވޭނެ
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާ އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.
ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުން އަންނަ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރި އާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ