ސ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރަކު ދީނަށް ފުރައްސާރަކުރި މައްސަލަ އެއް ބަލަން ފަށައިފި ގްލޯބަލް ޔޫތު ޕީސް ސަމިޓްގެ އެމްބެސެޑަރކަން ސ.އަތޮޅު ސްކޫލްގެ މަންހާއަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ހުޅުދޫ-މީދޫގައި ޝަރަފުގެ ހިނގާލުމެއް ކެޑޭޓުން ބާއްވައިފި ސ.އ

އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫގައި ހިންގަމުން އަންނަ ހަމަ އެކަނި ސަރުކާރު ސްކޫލް ކަމަށްވާ ސ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވެވި އާމިނަތު ޒީނިޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ ސުޕްރިންޓެންޓެއްގެ މަގާމަށް ބަދަލުކުރައްވަވައިފިއެވެ.
ޒީނިޔާ ވަނީ 16 އަހަރާއި 6 މަސް ވަންދެން ސ. އަތޮޅު މަދުރަސާގައި ޕްރިންސިޕަލެއްގެ މަގާމުގައި ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވަވާ އަދި ބޮޑެތި ކާމިޔާބީ ސްކޫލަށް ހޯއްދަވައި ދެއްވަވާފައެވެ.
ޕްރިންސިޕަލް ކަމުގެ މަގާމުން ޒީނިޔާ ވަކިވެ ވަޑައިގެންނެވުމުން ހުޅުދޫ އަދި މީދޫގެ ގިނަ ބަޔަކު ވަނީ ޒީނިޔާ ގެ މަސައްކަތްތަކަށް ތައުރީފު ކޮށް ސޯޝަލްމީޑިއާގައި ވެސް ޝުއޫރު ފާޅުކޮށްފައެވެ.
ދިގު މުއްދަތަކަށް ފަހު ސްކޫލު ދޫކުރައްވަވައި ވަޑައިގަންނަވަމުން ޒީނިޔާ ވިދާޅުވީ ސ. އަތޮޅު މަދުރަސާގެ ޕްރިންސިޕަލެއްގެ މަގާމުގައި އެންމެ ފުރަތަމަ އެޅި ފިޔަވަޅާއެކު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލައްވަވަން ޖެހިލެއްވެވި ކަމަށެވެ.
“އޭރު ސްކޫލްގެ ލޯލެވެލް ފާސްވާ އިންސައްތަ ހުރީ އެންމެ %15. ހަތްދިހަ އިންސައްތަ ދަރިވަރުންގެ ގްރޭޑަކީ ސީ ފާހުން ދަށް. އަދި ސްކޫލްގެ މާހައުލު ގައި ގިނަ އަދި ބޮޑެތި އަޚުލާގީ މައްސަލަތަކާއި މާރާމާރީ ހިންގުން ފަދަ ކަންތައްތައް ކުރިއަށްދިޔަ. މުދައްރިސުންނަށް ބިރު ދެއްކުމާއި ކުދިންނަށް ބުލީ ކުރުން ވެސް އިންތިހާ. ސްކޫލުގެ މާހައުލު އޮތީ އޭރު ކަންބޮޑުވާފަދަ ބިރުވެރި ކަމެއްގައި. ކުރިއަށް ދެވޭނެ މަގު ގެއްލި އުއްމީދުވެސް ގެއްލިފައި ތިބި ދަރިވަރުންތަކަކާއި އެކު އެފަދަ މާހައުލެއްގައި މަސައްކަތް ކުރުން ވީ ވަރަށް ބޮޑު ގޮންޖެހުމަކަށް. ” ޒީނިޔާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވަވާފައިވެއެވެ.
ޒީނިޔާ ވިދާޅުވީ މިއަދު ސްކޫލް ދޫކުރައްވަވައި ނިކުންނަވަނީ ފަޚުރުވެރިކަމާއެކު ކަމަށާއި މިއަދު ސ.އަތޮޅު މަދުރަސާއަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ އަދި ރައްކާތެރި މާހައުލެއް އެތަނުގައި އޮތް ހުރިހާ ގޮތަކުން ވެސް ފުރިހަމަ ތަނެއް ކަމަށެވެ.
އެގޮތުން ފާހަގަކޮށްލެވޭ ކަންތައް ތަކުގެ ތެރޭގައި އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އިންސައްތަ %78 އަށް މަތިވެގެން ދިއުމާއި %80 އަށް ވުރެ ގިނަ ދަރިވަރުންނަކީ ސީ ފާހަށް ވުރެ މަތިން ފާސްވާ ދަރިވަރުން ކަމަށެވެ. މީގެ އިތުރުން ބޮޑެތި އަޚުލާގީ މައްސަލަތައް ހުއްޓި ކުދިންގެ އަޚުލާގަށް ހެޔޮ ބަދަލު ގެނެވިފައިވުމާއި އެކު ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ރަނގަޅު ގުޅުމެއް ބިނާކުރެވި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ހިތްތަކުގައި މުދައްރިސުންނަށް އިހުތިރާމާއި ލޯބި އަށަގެނެވިފައިވާ ކަމަށް ޒީނިޔާ ލިޔުއްވަވާފައިވެއެވެ. މިއާއެކު ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި، ސާފު އަދި ރީތި ވެއްޓެއް އޮތް އުމްރާނީ ތަރައްގީގެ ގޮތުން ކުރިއަށް ޖެހިފައިވާ ތަނަކަށް ވެފައިވާ ކަމަށެވެ. ހަމަ އެހެންމެ ފާއިތުވި 15 އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ސްކޫލް ނިންމާ ބެޗްތަކުގެ ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ ދަރިވަރުން ވެސް ހިމެނިގެން ދާ ކަމަށެވެ.
” ގޮންޖެހުން ގިނަ އުނދަގޫ ދުވަސް ތަކެއް ވޭތުކުރަން ޖެހުނު. ގޮތް ނިންމަން އުނދަގޫވި އެތައް މައްސަލަތަކެއް ކުރިމަތިވި، ނުނިދާ ހޭލައި ހުންނަން ޖެހުނު އެތައް ރެއެއް ދިޔަ. އަމިއްލަ ހިތްވަރު އިމްތިހާނު ކުރެވުނު އެތައް ފަހަރެއް ދިޔަ. އެހެނަސް ކޮންމެ ގޮންޖެހުމަކުން އިތުރަށް ހިތްވަރު އާލާވެގެން ދިޔައީ. ސާބިތުކަމާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުވެގެން ދިޔައީ. މީގެ ކުރިން ޚިޔާލަށް ވެސް ނުގެނެވޭ އެތައް ކުރިއެރުންތަކެއް ޕްރޮފެޝަނަލީ އަދި ޕާރސަނަލީ ލިބިގެން ދިޔަ. މި ހުރިހާ ކަމަކަށްޓަކައި ހަމަ ވަރަށް ޝުކުރުވެރިވަން” ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ ދިމާވި އެ ހުރިހާ ގޮންޖެހުންތަކުގެ ތެރެއިން އެންމެ ފުރަތަމަކޮޅު، ދެން ނުވާނެ އޭ ހީވި ކިތަންމެ ފަހަރު ދިޔަކަމަށެވެ. އެހެނަސް ސްކޫލުގައި އެކީގައި މަސައްކަތް ކުރެއްވި ޓީމުގެ ބަދަހި ކަމާއި ވަކިން ޚާއްސަކޮށް ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރުގެ ފަރާތުން ލިބިލެއްވެވި ހިތްވަރާއި ބެހެއްޓެވި އިތުބާރާއި ދެއްވެވި ގައިޑެންސް އަަކީ މި މަސައްކަތް ފަށައިގަތް އިރުގައި ނުވާނެހެން ހީވި ކިތަންމެ ކަމެއް ވެވޭނެ ކަމަށް ބަދަލު ވެގެން ދިޔަ އެހީތަކެއް ކަމަށެވެ.
“އަޅުގަނޑުގެ ހުރިހާ ސުޕަވައިޒަރުންނާއި ތައުލީމީ ދާއިރާގެ ލީޑަރުންނަށް ތިޔަ ދެއްވެވި ހިތްވަރާއި އަދި ސަޕޯޓަށް އަދި ކުރެއްވެވި އިތުބާރަށް ފަށްފަށުން ޝުކުރިއްޔާ”
ޒީނިޔާ ވިދާޅުވީ ކާމިޔާބު ކަމާއެކު މަސައްކަތް ކުރުމުގައި އެންމެ ބޮޑު ސަޕޯޓު ލިބިގެން ދިޔަ ފަރާތްތަކުގެ ތެރޭގައި ސްކޫލުގެ ސްޓާފުންނާއި ވަކިން ޚާއްސަކޮށް ސީނިއަރ މެނޭޖްމަންޓާއި އަދި ސްކޫލުގެ ބެލެނިވެރިން ހިމެނޭ ކަމަށެވެ. އަދި އެފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ސްކޫލްގެ ދަރިވަރުންނަށް ވެސް ޒީނިޔާވަނީ ޝުކުރު ދަންނަވާފައެވެ.
ތައުލީމީ ދާއިރާގައި ޒީނިޔާ ޚިދުމަތް ކުރައްވަވަމުން ގެންދަވާތާ މިހާރު 23 އަހަރު ވަނީ ވެފައެވެ. އޭގެ ތެރެއިން 7 އަހަރު ކިޔަވައިދެއްވުމުގައި ހޭދަކުރެއްވުމަށްފަހު އަމިއްލަ ރަށުގެ އެންމެ އާބާދީ ބޮޑު ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި ފާއިތުވި 16 އަހަރު ވަނީ މަސައްކަތް ކުރައްވަވާފައެވެ. ޒީނިޔާ ވަނީ މާސްޓަރސް އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އަދި މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތައުލީމް ހާސިލް ކުރައްވަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ