ތިނަދޫ ގައި ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި 4 މީހުންނަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށާއި ކެޕްޓަނުގެ އިތުރުން ފަޅުވެރިޔާއަށް އަނިިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ."އަނިޔާ ވެފައިވަނީ ދިވެހި ދެ ފިރިހެނުންނަށް އަދި ދިވެހި ދެ އަންހެނުންނަށް،" ފުލުހުން ބުންޏެވެ.އެ ހާދިސާގައި އަނިޔާވީ ދިވެހި ދެ ފިރިހެނުން (50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާ) އާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނަކަށެވެ.ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ