ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް މިހާރު ހުންނެވީ ޖަރުމަނުގަ އެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ ގާސިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން ގާސިމް ދޫކޮށްފައި ބެހެއްޓުމަށް އަމުރުކުރީ ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ސޮއި ކުރައްވައި، ނެރެފައިވާ އެ އަމުރުގައިވެ އެވެ.
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ދޫކުރަން މިރޭ ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ވެސް ގެންދެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ގާސިމް ވެސް ކަފާލާތުގެ ދަށުން މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ