އެމްޓީސީސީގެ މުވައްޒަފުންނަށް، ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސް އިން ކުރިއަށް ގެންގޮސްފިއެވެ.
މިޕްރޮގްރާމްގައި، ކަނޑުމަތީގައި ދިމާވާ ނުވަތަ ދިމާވެދާނެ ހާދިސާ ތަކާއި ކާރިސާ ތަކުގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ފުރަތަމައެހީ ބޭނުންވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ކަނޑުމަތީގައި އުޅޭއިރު އިންޖީނަށް ދިމާވާ ކުދި މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް، މިހިނގާ އޮކްޓޯބަރު މަހުގެ 19 އިން 22 އަށް ކުރިއަށް ގެންގޮސްފައިވަނީ ދޫނިދޫގައެވެ.
ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު އެމްޓީސީސީގެ މުވައްޒަފުންނަށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ