ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަަމަށެވެ.
ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައިކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށާ ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ.
ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް:
* އުތުރުގެ ސަރަހައްދަށް: 14:01ގައި
* މެދުތެރޭގެ ސަރަހއްދަށް: 15:04ގައި
* ދެކުނުގެ ސަރަހައްދަށް: 15:48ގައި
މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވާއިރު، ވެރިރަށް މާލެއަށް މިއަދު ހެނދުނުން ފެށިގެން ވަރަށް ބޯކޮށް ދަނީ ވާރޭވެހެމެނުންނެވެ. އަތޮޅުގެ ތެރޭގެ ގިނަ ރަށްތަކަށްވެސް ބޯކޮށް ވާރޭވެހެމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މޫސުން ގޯސްވެ، އުދަ އަރާފާނެކަމުގެ އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ