ނާއިބު ރައީސް އަހުމަދު އަދީބު މާދަމާ މާލެ ވަޑަގަންނަވަނީ
ނާއިބު ރައީސް އަހުމަދު އަދީބު މާދަމާ މާލެ ވަޑަގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.އެމަނިކުފާނު ކުރެއްްވި ޓްވީޓްގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަިއވާކަމަށް ވިދާޅުވެފައިވެއެވެ.މިމަހުގެ 13 ވަނަދުވަހު ނައިބު ރައީސް ޗައިނާއަށް ވަޑައިގަތީ ސިލްކުރޫޓާގުޅޭ ގޮތުން ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑަިގަތުމަށާއި އަދި ޗައިނާގައި ބާއްވާ ރާއްޖޭގެ އިންވެސްްޓްމެންޓް ފޯރަމް ހުޅުއްވައިދެއްވުމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ