ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްރަންސް އިމަޖެންސީ ފަންޑު( ޔުނިސެފް)ގެ ގުޑްވިލް އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕްރިޔަންކާ ޗޯޕްރާ ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނާއި ބައްދަލުކޮށްފިއެވެ. ޕްރިޔަންކާ ވަނީ ބަންގްލަދޭޝްގެ ކޯކްސް ބާޒާރުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކަށް ގޮސް، މިޔަންމާއިން ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކުރި ރެފިއުޖީންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި ބައްދަލުކޮށް، އެކުދިންގެ ހާލު އޮޅުން ފިލުއްވާފައެވެ. ހޯމަ ދުވަހު ޕްރިޔަންކާ ވަނީ، ބަންގްލަދޭޝްއަށް ދަމުން ފްލައިޓްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.
ރެފިއުޖީން ތިބި ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށްފަހު ޕްރިޔަންކާ ވަނީ އޭނާއަށް ކުރެވުނު އިޙްސާސްތައް ހިއްސާ ކޮށްފައެވެ. ޕްރޮޔަންކާ ބުނީ ކޭމްޕްތަކުގައި ގާތްގަނޑަކަށް 7 ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އޭގެތެރެއިން ގިނައީ ކުޑަ ކުދިން ކަމަށެވެ. އަދި ކުޑަކުދިންނަކީ މުސްތަޤްބަލް ކަމަށްވުމާއެކު، އެންމެންގެ އެހީތެރިކަން އެކުދިންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. ޕްރިޔަންކާ އިތުރަށް ބުނީ ބަންގްލަދޭޝްއަށް އެކުދިން ހިޖުރަ ކުރިތާ ގިނަ މަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އެކުދިންގެ ޙާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ކާން ލިބޭނެ ގަޑިއެއްވެސް އެކުދިންނަށް ނޭނގޭ ކަމަށް ޕްރިޔަންކާ ބުންޏެވެ.
ރެފިއުޖީން ތިބި ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށްފަހު ޕްރިޔަންކާ ވަނީ އޭނާއަށް ކުރެވުނު އިޙްސާސްތައް ހިއްސާ ކޮށްފައެވެ. ޕްރިޔަންކާ ބުނީ ކޭމްޕްތަކުގައި ގާތްގަނޑަކަށް 7 ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އޭގެތެރެއިން ގިނައީ ކުޑަ ކުދިން ކަމަށެވެ. އަދި ކުޑަކުދިންނަކީ މުސްތަޤްބަލް ކަމަށްވުމާއެކު، އެންމެންގެ އެހީތެރިކަން އެކުދިންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. ޕްރިޔަންކާ އިތުރަށް ބުނީ ބަންގްލަދޭޝްއަށް އެކުދިން ހިޖުރަ ކުރިތާ ގިނަ މަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އެކުދިންގެ ޙާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ކާން ލިބޭނެ ގަޑިއެއްވެސް އެކުދިންނަށް ނޭނގޭ ކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބަންގްލަދޭޝްއަށް ކުރި ދަތުރުގައި މިއަދާ މާދަމާވެސް ރޮހިންޔާ ރެފިއުޖީންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަންގްލަދޭޝްގެ ޑާކާގައި މިވަގުތު ހުރި ޕްރިޔަންކާ އެނބުރި ދިއުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މީގެ ކުރިން ސީރިޔާ ފަދަ ޤައުމުތަކުގެ ރެފިއުޖީންނާއިވެސް ބައްދަލުކޮށްފައިވާ ޕްރިޔަންކާ އަކީ ޔުނިސެފްގެ ނޭޝަނަލް އަދި ގްލޯބަލް ގުޑްވިލް އެމްބެސެޑަރެކެވެ. ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ 10 އަހަރުވެއްޖެއެވެ.
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރޮހިންޔާ ރެފިއުޖީންގެ ހާލު ބެލުމަށް ޕްރިޔަންކާ ބަންގްލަަދޭޝް އަށް!
3 މިނެޓް ކުރިން
އިސްތަށިގަނޑު ދައްކަން ބޭނުންވި ކުއްޖާއަށް އެތައް ބައެއްގެ ފާޑުކިޔުން!
15 ގަޑި ކުރިން
ޕެރެގުއޭގެ އެމްބަސީވެސް ޤުދުސްއަށް ބަދަލުކޮށްފި
15 ގަޑި ކުރިން
ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
16 ގަޑި ކުރިން
މެޑަމް ފާތުން މިއަދުވެސް އައިޖީއެމްއެޗަށް ވަޑައިގެން ބަލި މީހުންނާއި ބައްދަލު ކުރައްވައިފި
16 ގަޑި ކުރިން
ވޯލްޑް ހެލްތު އެސެމްބްލީގެ 71 ވަނަ ބައްދަލުވުން ފަށައިފި
16 ގަޑި ކުރިން
މިއަދަކީ، ރައީސް ޔާމީންގެ 59 ވަނަ އުފަން ދުވަސް!
18 ގަޑި ކުރިން
އިސްތަށިގަނޑު ދައްކަން ބޭނުންވި ކުއްޖާއަށް އެތައް ބައެއްގެ ފާޑުކިޔުން!
15 ގަޑި ކުރިން
ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމް ފޯރުކޮށްދިނުމުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން- މިނިސްޓަރ އައިޝަތު ޝިހާމް
18 ގަޑި ކުރިން
ކެމްޕެއިންގައި ހަރަކާތްތެރިވާ ވޮލެންޓިއަރުންގެ އަދަދު އަށްޑިހަ ހާހަށްވުރެ މައްޗަށް ހިނގައްޖެ- މޫސާ
22 ގަޑި ކުރިން
ފުވައްމުލައް ސިޓީގެ ޔޫތު ސެންޓަރ ރޯދައާއި ދިމާކޮށް އަލުން ހުޅުވައިފި
22 ގަޑި ކުރިން
ވޯލްޑް ހެލްތު އެސެމްބްލީގެ 71 ވަނަ ބައްދަލުވުން ފަށައިފި
16 ގަޑި ކުރިން
ގުޅުން ހުރި
ރޮހިންޔާ ރެފިއުޖީންގެ ހާލު ބެލުމަށް ޕްރިޔަންކާ ބަންގްލަަދޭޝް އަށް!
3 މިނެޓް ކުރިން
17
0
ޕެރެގުއޭގެ އެމްބަސީވެސް ޤުދުސްއަށް ބަދަލުކޮށްފި
15 ގަޑި ކުރިން
18
0
އައްބާސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި
18 ގަޑި ކުރިން
23
0
އައިއެސް ހަނގުރާމަވެރިން ދިމިޝްޤު ދޫކޮށް ދާން ފަށައިފި
21 ގަޑި ކުރިން
3
0
ހޯމް
ނިއުސް ޑްރޮޕް
އަހަރެމެން
© 2017 Channel13 - 13news.mv
jwplayer.key='g3mGrL4oq8GfnuBRKaRVaJ8sb+rVFrqUiBGwog==';Loading...
var playerInstance = jwplayer('mediaplayer');
playerInstance.setup({playlist: [{sources: [
{file: 'rtmp://fl1.viastreaming.net:1935/channel13/livestream'},
{file: 'http://fl1.viastreaming.net:1935/channel13/livestream/playlist.m3u8'}]}],
primary: 'html5', autostart: 'false', width: '100%', height: '350'});
ރޮހިންޔާ ރެފިއުޖީންގެ ހާލު ބެލުމަށް ޕްރިޔަންކާ ބަންގްލަަދޭޝް އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ