މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ތާރީހަކީ 25-5-25 އެވެ. ރީތި ތާރީހުތަކާ ދިމާކޮށް ކައިވެނި ކުރާ މީހުންގެ އަދަދު އަބަދު ވެސް ގިނަ އެވެ.
ތަފްސީލް - ފެމެލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.
ގިނަ ބަޔަކު މިއަދު ކައިވެނި ކުރަން ހަމަޖެހިފައިވާއިރު، ކައިވެނި ކުރާ މީހުންނަށާއި އެ މީހުންނާ އެކު ކޯޓަށް ދާ މީހުންނަށް ލުއި ފަސޭހައަކަށް ފެމެލީ ކޯޓު ބޭރުގައި ވަނީ ޓެންޓު ޖަހާ ގޮނޑި ވެސް ޖަހައިފަ އެވެ.
ފެމެލީ ކޯޓުން ބުނީ މިއަދަކީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއް ދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ދުވަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ