އެމްޑީޕީގެ ގުންޑާ ސްޓައިލުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރަށް ހަމަލާދީފި

ތަޅަން ބޭނުންވެގެން ތަޅާނެ ކުދިންކޮޅެއް ހޯދަން ގޮވާލި ނަޝީދުގެ ވަށައިގެން އެނބުރޭ އެޕާޓީގެ މަޖިލިސް މެންބަރުންނަކީ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތް ބޭފުޅުން ކަން ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.
ައްޔިތުންގެ މާލިއްޔަތުން މުސާރަ ނަގައިގެން މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުގެ އިތުރަށް ދިވެހިރާއްޖޭގެ ކޯޓުތައް ހުއްޓުވާލުމަށް ވެސް އެބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މިއަދަކީ ވެސް އެމްޑީޕީގެ ގުންޑާ ސްޓައިލުގެ ހަރަކާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި ހިންގި ދުވަހެކެވެ. އެގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމުގައިވާ އަލީ އާޒިމް ވަނީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު  މެންބަރު ހުސައިން މުހައްމަދު ލަތީފަށް ހަމަލާދީފައެވެ.
 
މަޖިލީހުގެ މެޖޯރިޓީ ތިމަންނާމެން އަތުގައި އޮތް ކަމަށް ބުނާއިރު އެމްޑީޕީ މެންބަރުން ގޮސް މައިނޯރިޓީ ކަމުގައިވާ ޕީޕީއެމްގެ މެންބަރުންނަށް ހަމަލާދޭން ވީ ކީއްވެގެން ހެއްޔެވެ؟
 
މިރޭ ކުނޫޒުގައި ބާއްވާ ޖަލްސާގައި އާޒިމަކީ ބަތަލެއް ގޮތުގައި ސިފަކުރާނެއެވެ. އަދި މަޖިލީހުގެ ގޯތިތެރޭގައި ހިންގެވި މާރާމާރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި ނަމަ އެއީ ސަރުކާރުގެ އަނިޔާވެރިކަމެވެ. ނުވަތަ އަލީ އާޒިމަށް ބޭއިންސާފުން އަދަބު ދިނުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ