ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ހަތް ފަރާތަކުން ކުރިމަތިލައިފިއެވެ.
އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ތިންވަނަ ފުރުސަތުގައި ހަތް ފަރާތަކުން ކުރިމަތިލާފައިވާކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދެއެވެ.
އަދި ވަރަށް އަވަހަށް އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކުރާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގ. އަތަ ޔޫސުފް މާނިއު މުހަންމަދު އެކޮމިޝަނުގެ ރައީސް ކަމުންނާއި އެކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރުމުން މެމްބަރުކަމުގެ މަގާމެއް ހުސްވެފައި އޮތުމުންނެވެ.
އެންއައިސީގެ މެމްބަރު ކަމަށް ހަތް ފަރާތަކުން ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ