މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އިންޑިއާގެ 13 ސްޓޭޓަކަށް، އެގައުމުގެ މޫސުމާބެހޭ އިދާރާއިން އެލާޓް ނެރެފިއެވެ.
އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި އެގައުމުގެ އުތުރާއި އިރުމަތީގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެއެވެ. އަދި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް، ބިޝާރް، ވެސްޓް ބެންގާލް، ސިކިމް އަދި އައްސާމަށް މިއަދު ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އޭގެ އިތުރުން އިންޑިއާގެ ކެރެލާ، ކަރްނަޓަކާ، މަނިޕޫރް އަދި ނަގަލޭންޑަށްވެސް މިއަދު ވިއްސާރަ ކުރާނެ ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
މިދިޔަ ހަފުތާ ތެރޭގައި އިންޑިއާގެ ފަސް ސްޓޭޓަކަށް ގުގުރުމާއި އިދުމުގެ ސަބަބުން 124 މީހަކު މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
މޫސުން ގޯސްވާނެތީ އިންޑިއާގެ 13 ސްޓޭޓެއް އެލާޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ