ނަޝީދާއެކު ސައްލާ ކުރަން ހުންނަން މައުމޫން ލަދުގަންނަން ޖެހޭނެ - ނިހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ސައްލާ ކުރަން ހުންނަން ރައީސް މައުމޫން އަބްދުލްގައްޔޫމް ލަދުގަންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
"ޢަސްތާ"ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ރައީސް ނަޝީދު އާއި އޭނާއާ ގުޅުންހުރި ޖަހާލަތުގެ އަނދިރީގެ އަމަލުކަމަށްވާ ތިނެއް ނޮވެމްބަރުގެ ހާދިސާ ހިންގި މީހުންނާއެކު އެއް ސައްލާއެއް ކުރައްވަން އިންނަވަން ރައީސް މައުމޫން ލަދުފުޅުގަންނަވަން ޖެހޭނެ ކަމަށެވެ.
ނިހާން ވިދާޅުވީ، މި ފަހަރު 29 އަހަރު ފަހުން 30 އަހަރަށް ހަނދުބެލިއިރު، ރައީސް މައުމޫން ނަސްރުގެ ދުވަހުގެ ތަހުނިޔާ އަދާކުރެއްވީ އެންމެ ޓްވީޓަކުން ކަމަށެވެ.
"140 ކެރެކްޓާ ތެރެއަށް ކިރިޔާ ފެތޭ ވަރަށް އެމަނިކުފާނު މި ކޮށްލީ ޓްވީޓެއް.". ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ. މި ވޭތުވެ ދިޔަ 29 އަހަރު ތެރޭން ބައެއްގައި ތިނެއް ނޮވެމްބަރު 1988ގެ ހާދިސާއަކީ އެގި ތިބެ 2 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ރޭ ފަތިހު ހިނގި ހާދިސާއެއް ނޫންކަމަށް ދައްކައިދޭން ބަޔަކު މަސައްކަތް ކުރި ކަމަށެވެ.
"އެ ވާހަކައިން އެ ހަނދާނުގައި ތިބެ އަޅުގަނޑުމެންގެ މި ހަނގުރާމާގައި ބައިވެރިވެ އަޅުގަނޑުމެންގެ ގައުމު ދިފާއުކޮށްދެއްވި ސިފައިންގެ ޝަހީދުވެ ދިޔަ އާއިލާގެ މެންބަރުން ތިއްބާ އެ ހާލަތުގައި އަޅުގަނޑުމެން ދަންނަވާލަން ކެރޭ އެެއްބަޔަކު މި ހާދިސާއަކީ ނުހިނގާ ހާދިސާއެއްކަމަށް ދައްކަން އުޅުނު ހިތާމަ އަޅުގަނޑުމެންނަށް އާދޭ". ނިހާން ވިދާޅުވިއެވެ.
އަދި މި ފަހުގެ ތާރީހުގައި މިއި ނުހިނގާ ކަމެއްކަމުގައި ބުނެދޭން މަސައްކަތް ކުރާ މަންޒަރު އިވިފައިވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ތިނެއް ނޮވެމްބަރުގެ ޖަރީމާ ހިންގި މީހުން މިއަދާއި ހަމައަށް ޖަރީމާގެ ކަންކަން ވަރަށް "ފެންކޮށް" ގެނައުމަށް މަސައްކަތް ކުރި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
"ކަންދިމާކުރިގޮތުން މިދެންނެވި ކަންތައްތައް އެންމެ ބޮޑަށް ތަރުތީބުކޮށް އެކަމުގެ ބައިވެރިވި އާއިލާއިން މީހަކު ރާއްޖޭގެ ވެރިކަމާއި ހަމައަށް އާދެވުނުހިނދު އަޅުގަނޑުމެންނަށް ދެން ފެނިގެން ދިޔައީ އަޅުގަނޑުމެންގެ ނަސްރުންގެ ދުވަސް ވަރަށް ފެންކޮށް ފާހަގަކުރަން ފެއްޓި ހިސާބު". ނިހާން ވިދާޅުވިއެވެ.
އަދި މި ޖަރީމާ ހިންގުމުގައި އެތެރޭގައި ތިއްބެވި މީހުންނަށް ސަރުކާރުން މަތީ މަގާމްތައް އެކަމުގައި އެންމެ އިސްކޮށް ހުރި މީހާއަށް ފިލުވަން އެހީތެރިވެދީ އޭނާ ފިލުވީ ރައީސް ނަޝީދުގެ އެމްޑީޕީ ސަރުކާރުންކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ