މެމްބަރު އިލްހާމްގެ ކޮއްކޮ ޒާލިފް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފް ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކޮށް އޭނާ މިރޭ ހައްޔަރުކޮށްފި އެވެ.
މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ، އިލްހާމްގެ އާއިލާ މެމްބަރަކު ވިދާޅުވީ ޒާލިފް މިއަދު މެންދުރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ފަހު، އޭނާ ދިރިއުޅޭ ގެ ފުލުހުން ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގެ އިން އެއްވެސް އެއްޗެއް ފުލުހުން ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޒާލިފް ހައްޔަރު ކުރިކަން ފުލުހުން އެންގި ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތެއް އާއިލާ އަކަށް އަދިއެއް ނާންގަ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ޒާލިފް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ކޯޓު އަމުރަކާ ނުލައި ފުލުހުންގެ ތަހުގީގަށް މިހާރު ވެސް ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
"ޒާލިފް ހައްޔަރު ކޮށްގެން ވަނީ މިހާރު ދޫނިދު އަށް ގެންގޮސްފައި. ހައްޔަރު ކުރީ ކީއްވެ ކަމެއް ނުބުނޭ،" އޭނާގެ އާއިލާގެ މެމްބަރަކު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޒާލިފްގެ ފޯނު ފުލުހުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ހިފަހައްޓައިފަ އެވެ.
Ilham ge kokkoge phone fuluhun athulaifi
Mihaaru
ޒާލިފްގެ ފޯނު އަތުލުން---ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި ކަމުގެ ތުހުމަތުގައި ޒާލިފްގެ ބޭބެ އިލްހާމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަ އެ ތުހުމަތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ