ގާސިމަށް އަނިޔާވެރިވާ ހިނދު މައުމޫން ލަދުފުޅު ގަންނަވަން ޖެހޭ - އިމްރާން

ޕީޕީއެމްގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމަށް އަނިޔާވެރި ވާހިނދު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެކަމާ ލަދުފުޅު ގަންނަވަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޤާސިމް ރައީސް ޔާމީނަށް ތާއީދު ކުރެއްވީވެސް ރައީސް މައުމޫން އާދޭސް ކުރައްވައިގެން ކަމަށެވެ.
އިމްރާން އަންނަނީ ފަހަކަށް އައިސް ސަރުކާރާއި، ރައީސް ޔަމީނާ ދެކޮޅަށް ތަފާތު ބަސްތައް ވިދާޅުވެ ޓްވީޓު ކުރައްވަމުނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައި ވާކަމެއް ނުވަތަ ނޫން ކަމެއްވެސް އިމްރާން ހާމަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ