ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ނިންމުމަށް މިއަދު ހަވީރު ޚާއްޞަ ހަރަކާތެއް

ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ނިންމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޙަރަކާތެއް މިއަދު ހަވީރު އޮންނާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ބުނީ މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރަނިންގްމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މިއީ މިފަހަރުގެ ރިޔާސީ ކެމްފެއިނަށް އެޕާޓީން ކުރިއަށްގެންދާ އެންމެ ފަހު ހަރަކާތްކަމުން ޕީޕީއެމާއި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރާ ހުރިހާ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ޕީޕީއެމުން އެދެއެވެ.
މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރު ބޮޑުތަކުރުފާނުމަގުގައި ހުންނަ ޕީޕީއެމް ހެންވެއިރު އޮފީސް ސަރަހައްދުންކަމަށް އެޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ