ކޮންމެ އަހަރަކު ވެސް ދިވެހިން އެންމެ އިންތިޒާރުކުރާ، އަދި އެންމެ މަގުބޫލު އެއް ކަލަންޑަރު ކަމަށްވާ ދިރާގުގެ ކަލަންޑަރު މިފަހަރު ގެނެސްދީފައި މިވަނީ ތަފާތު "ވައިބް" އެއްގައެވެ. ދިރާގުން މިވަނީ އަހަރެމެން ގޮވައިގެން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު ދުނިޔެއަށް ފީނާލާފަ އެވެ.
ދިރާގުގެ 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ޝިއާރަކީ "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މިއެވެ. މިއީ ހަމައެކަނި ރީތި ފޮޓޯތަކެއް ނުވަތަ ކުރެހުންތަކެއް ނޫނެވެ. މި ކަލަންޑަރުގައި ފޮރުވިފައިވަނީ ފުން މާނައެކެވެ. ކަނޑުއަޑީގެ ދިރުންތައް ކެއިންބުއިމާއި، ރައްކާތެރިކަމާއި އަދި ދިރިއުޅޭނެ ވެށި ބިނާކުރުމަށްޓަކައި އެކަތި އަނެކައްޗަށް ބަރޯސާވެ، ގުޅިލާމެހިފައިވާ ފަދައިން، ދިރާގަކީ ދިވެހި މުޖުތަމައު ގުޅުވާލަދޭ މުހިއްމު ބައިވެރިއެއްކަން ކަލަންޑަރުން ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.
ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ރޭ އިފްތިތާހުކޮށް ދެއްވި މި ކަލަންޑަރުގެ ކޮންމެ ސަފުހާއަކުން ފެންނަނީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ދިރުންތަކުގެ ރީތި ކުރެހުންތަކެވެ.
މި ކަލަންޑަރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރުޝާން ހަސަން ވިދާޅުވީ، މިއީ ތިމާވެށި ހިމާޔަތްކުރުމަށް ދިރާގުން ދޭ އަހަންމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުވެގެން ދިއުން،" މިރުޝާން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅައި، ގުދުރަތީ ގުޅުންތަކާއި އިންސާނީ ގުޅުންތައް އެއްފަސްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ކަލަންޑަރަކީ، 2026 ވަނަ އަހަރުގެ ދުވަސްތައް ގުނާލުމަށް ބޭނުންކުރެވޭނެ އެންމެ ފުރިހަމަ އެއް ވަސީލަތަށް ވާނެ އެވެ.
މިއީ މޭޒުމަތީގައި ބަހައްޓާލަން ހިތްގައިމު ކަލަންޑަރެކެވެ.
ދިރާގު ކަލަންޑަރު 2026: ނުލާހިކު ޗާލު، ދައްކުވައި ދެނީ ކަނޑުފަޅުގެ ރީތިކަމާއި ގުޅުންތައް! ދިރާގު ކަލަންޑަރު 2026: ނުލާހިކު ޗާލު، ދައްކުވައި ދެނީ ކަނޑުފަޅުގެ ރީތިކަމާއި ގުޅުންތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ