ގަމުގައި މެޓް އޮފީހުގެ އާ އިމާރާތެއް އަޅަން ވެމްކޯއަށް
އައްޑޫ ގަމުގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އާ އިމާރާތެއް އަޅަން ވެމްކޯއާ އިއްޔެ ހަވާލުކޮށްފި އެވެ.ތިމާވެއްޓާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ އާ އިމާރާތެއް އެޅުމަށް ވެމްކޯއާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ގައުމީ އިދާރާގަ އެެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށް އެ އިދާރާއިން ވަނީ ބުނެ އެވެ.ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދު އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ